މަޤްޟަދު

އެން.އެލް.ޕީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަރަށް މަޤުބޫލުކަން ލިބެމުންއަންނަ ޕްރޮގަރާމެކެވެ.
އެން.ޕީ.އެލް – ނިއުރޯ ލިނގުއިސްޓިކް ޕްރޮގްރާމިންގ ގެ ހުނަރުތައް ދަސްކޮށްދެނީ އިންސާނާގެ ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރުމާއިއެކު ތިމާގެ ވިސްނުމުގެ މައްޗަށް އަމިއްލަބާރު ފޯރުވާ ވިސްނުންތައް ކޮންޓްރޯލްކުރާނެގޮތެވެ. އަދި މީގެ ސަބަބުން މީހުންނާ މުއާމަލާތް ކުރުމުގައި ބޭނުންކުރާ ބަސްތަކާއި ތިމާގެ ދިރިއުޅުމުގެ ގިނަ އާދަކާދަތައްވެސް ވަކި އުޞޫލެއްގެމަތިން ހެޔޮވިސްނުން ބޭނުންކޮށްގެން ބައްޓަންކޮށް ކޮންޓްރޯލް ކުރާނެގޮތްތަކެވެ.
އެން.އެލް.ޕީ ބޮޑަށް ފޯކަސް ކުރެވިގެން ދާނީ ތިމާގެ ކޮންމެދުވަހެއްގެ ދިރިއުޅުމަށް ހޮޔޮ ބަދަލުތަކެއް ގެންނާނީ ކިހިނެތްތޯ ބެލުމަށެވެ. މީ ހަމައެކަނި ނަފަސާނީގޮތުން ގެއްލުންލިބިފައިވާ މީހުންދަސްކުރަންޖެހޭ ޢިލްމެއްނޫނީ ހުނަރެއް ނޫނެވެ. އުފާވެރި ދިރިއުޅުމެއް އުޅޭ ކާމިޔާބުމީހަކަށްވެސް އެހެނީ ކޮންމެ އިންސާނަކަށްވެސް ތިމާގެ ވިސްނުން އިތުރަށް ތަރައްގީކުރުމަށް މި ހުނަރުތައް ބޭނުން ކުރެވިދާނެއެވެ.
މި ބްލޮގްގެ މަޤްޟަދަކީ ގިނަބަޔަކަށް އެން.އެލް.ޕީގެ ހުނަރުތައް ދަސްކޮށްދީ އޭގެ ސަބަބުން ފަހި ދިރިއުޅުމަކާ ފަހިވިސްނުމެއްއުޅޭ ބަޔަކަށް އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކު ހެދުމަށް އެހީތެރިވުމެވެ.
މި ބްލޮގްގައި ހިމެނޭ ލިޔުންތަކަކީ އެއްވެސް ހާލެއްގައި އެވެސްއެއްޗެއްގެ ސީދާ ތަރުޖަމާއެއްނޫނެވެ. މި ބްލޮގްގައި ހިމެނޭނީ އެން.އެލް.ޕީ ތަމްރީނު ހަދައިގެން ހުރި މީހެއްގެ ރިސާރޗެވެ. އެން.އެލް.ޕީ އުފެއްދި ދެ ޢިލްމުވެރިން ކަމަށްވާ ރިޗަރޑް ބެންޑްލަރ އާއި ޖޯން ގްރައިންޑަރ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެން.އެލް.ޕީ ހުނަރު ހޯދައިގެންތިމި ބޭފުޅުންގެ އެކިއެކި އާޓިކަލްތަކާއި ތަމްރީންތަކުގެ އަލީގައި ލިޔެފައިވާ ލިޔުންތަކެވެ.
އިންޓަރނެޓްގައި އެން.އެލް.ޕީ ސަރޗްކޮށްލުމުން ތިބޭފުޅުންނަށް ވަރަށްގިނަ މަޢުލޫމާތު މިއަގުހުރި ޢިލްމާބެހޭގޮތުން ލިބިގެންދާނެއެވެ. މި ބްލޮގް ދިވެހިން ތައްޔާރު ކުރުމުގެ މަޤްސަދަކީ އެން.އެލް.ޕީގައި ބޭނުންކުރާ ބަސްތައް ވީހާތިލަކޮށް ގިނަބޭފުޅުންނަށް ވިސްނޭނެގޮތަކަށް ގެނެސްދިނުމެވެ.
އެން.އެލް.ޕީގެ ހުނަރަކީ އޭގެ ސަބަބުން ތިމާގެ ވަށައިގެންވާ ދުނިޔެއާއި އިންސާނުންނާމެދު ފަހިވިސްނުމުގައި ވިސްނާ ތިމާގެ ވަށައިގެންހިނގާ ކަންތައްތައް ތިމާއަށް ކޮންތަރޯލް ނުކުރެވުނު ކަމުގައިވީނަމަވެސް ތިމާއަށް ތިމާގެ ވިސްނުން ކޮންޓްރޯލްކޮށްގެން ދިރިއުޅުމާއިގެން ކުރިޔަށްދާނެގޮތް ދަސްކޮށްދޭ ހުނަރަކަށް ވެއެވެ.

މަރިޔަމް ޒީނިޔާ
ޕްރެކްޓިޝަނަރ އެން.އެލް.ޕީ.