Tuesday, September 3, 2019

ސިކުނޑީގެ އަޑު


އަހަރުމެން އިންސާނުން އަބަދުވެސް އެއްކަމެއް ފުރިހަމަވާއިރަށް އަނެއްކަމެއް ފުރިހަމަ ނުވެގެން ވިސްނަމެވެ. ވިއްސާރަމޫސުމެއް އަތުވެއްޖެނަމަ އަވިނުދީގެން ...... ނުވަތަ ގަދައަށް އަވިދޭ މޫސުމެއްއައިއްސިނަމަ ވިއްސާރަ ނުވެހިގެންނެވެ. ކުޑައިރު އަވަހަށް ބޮޑުވާނީ ކޮންއިރަކުންތޯ ވިސްނާ ބޮޑުވުމުން ކުޑައިރުގެ ހަނދާންތައްކޮށް އެދުވަސްތައް އަލުން ގެންނަށް ބޭނުންވެއެވެ.
ކޮންމެ ގޮތެއްވިޔަސް މިއީ އިންސާނާގެ ޠަބިއްޔަތެވެ. އެހެންކަމުން ކޮންމެ ދުވަހަކީ އެތަޢްކަމަކާ ވިސްނާ އެތައްކަމެއް ބަދަލުކުރަން ބޭނުންވާ ދުވަހަކަށް ވެގެން ދެއެވެ. މަދު ދުވަހެއް މެނުވީ އެއްކޮށްތިމާ ހިންހަމަޖެހިގެން ހުންނަތަނެއް ނާދެއެވެ. ތިމާއަށްކޮންމެ ފަހަރަކު ފާހަގަނުކުރެވުނަސް އަބަދުވެސް ތިމާގެ ސިކުނޑި ތިމާއާއި ވާހަކަދައްކަމުން ދެއެވެ. މި ސިކުނޑީގެއަޑުބައެއްދުވަސް ދުވަހު ނޫނީ ބައެއްވަގުތު ތަކުގައި މާގަދަވެއެވެ. އަދި އެ އަޑުގެ ސަބަބުން އުނދަގޫވާ ދުވަސް ދުވަހުވެސް އާދެއެވެ. މި އަޑް ގަދަވެނބްގޮސް ބައެއް ފަހަރަށް މުޅިދުވަހު ހާސްކަން (ސްޓްރެސް) ކުރިމަތި ކުރުވާ ހިތަށް ނުތަނަވަސްކަން ގެނެސްދެއެވެ. މިކަމުގެ ސަބަބުން ތިމާގެ ހަމަޖެހުން ދެއްލިދެއެވެ. އަރާމުގައި ނިދާލަން ބޭނުންވާ ފަހަރުތަކުގައިވެސް ސިކުނޑީގެ ވާހަކަތަކާހެދި ނުނިދިވެސް އޮންނަން ޖެހޭ ފަހަރުވެސް އާދެއެވެ. މި އަޑަކީ ކޮންޓްރޯލް ކުރެވޭނެ އަދި އޭގެމައްޗަށް ބާރުފޯރުވޭނެ އެއްޗެއްކަން އިނގޭ ހެއްޔެވެ؟

ކޮމެންޓްސް

ކޮމެންޓް ކުރައްވާ