Wednesday, September 4, 2019

ސިކުނޑީގެ އަޑު - 2 ވަނަ ބައި

ހަގީގަތުގައި މި އަޑަކީ ކޮންއެއްޗެއްހެއްޔެވެ؟
ގިނަފަހަރަށް އަހަރެމެންނަށް ހީވެފައި އޮންނަނީ މިއަޑަކީ އަހަރެމެންގެ ޙިޔާލުތަކެވެ. އަހަރުމެންގެ ވިސްނުމެވެ. އަހަރުމެންގެ ހަޤީޤީ ޝަހުސިއްޔަތެވެ. މިއީ މުޅިން ގޯސް ހިޔެއްނޫނެވެ. އަހަރެމެންގެ ސިކުނޑި އަހަރެމެންނާ ދައްކާ ވާހަކަތަކަކީ ހަޤީޤަތުގައި އަހަރުމެންގެ އަމިއްލަ އަޑުކަމަށް ހީކުރުމަކީ ގޯހެއް ނޫނެވެ. ނަމަވެސް މިއަޑަކީ ގިނަފަހަރަށް އަހަރުމެންގެ ޙަޔާތުގައި ލިބިފައިވާ ތަޖުރިބާތަކާއި، ފިލާވަޅުތަކުގެ ޢަލީގައި ތިމާގެ ސިކުނޑި ތިމާއަށް ބުނެދޭ ވާހަކަތަކެވެ.

މިވާހަކަ ތަކަކީ ކޮންމެ ފަހަރަކު ތެދެއްނޫނެވެ. ސަބަބަކީ އަހަރުމެންގެ ސިކުނޑިއަކީ ހަނދާނުގައި ބަހައްޓަން ތިމާއަށް މުހިންމު ނޫންއެއްޗިހި ފޮހެލުމާއި ހަޤީގަތާ ޙިލާފު ވިސްނުންތައް ގެންގުޅުމާއި ފެންނަމަންޒުތަކުގެ ސަބަބުން ކުއްހީތައް ގެނުވާ ގުނަވަނެކެވެ. ވީމާ މި ބުނެވުނު ކަންތައްތަކަށް ނަޒަރު ހިންގާލާއިރު ތިމާގެ ސިކުނޑި ބުނާ ވަހަކަތަކަކީ ކޮންމެ ފަހަރަކު ހަޤީގަތް ކަމުގައި އަހަރުމެނަށް ނިންމިދާނެ ހެއްޔެވެ؟

ކޮމެންޓްސް

ކޮމެންޓް ކުރައްވާ