Wednesday, September 4, 2019

އާދަ

އާދައަކީ އެކަމެއް ކުރުމަށް ފަރިތަވެ އޮޓޮމެޓިކުން މާބޮޑުމަސައްކަތަކާ ނުލާ ތިމާއެކަންތައް ކުރަން ފެށުމެވެ. ކުރީއްސުރެ އާދަވެފައިވާ ކަމެއް ހުއްޓާލުމަކީ އުނދަގޫކަމަކަށްވާއިރު އަލަށް ކަމެއް އާދަކުރުމަކީވެސް އުނދަގޫކަމެކެވެ. މިއީ ސުވާލެއްއޮތް ކަމެއް ނޫނެވެ. އާދައަކަށް ކަމެއްވެގެންދަނީ އެކަމެއް ތަކުރާރުކޮށް ވަކި މުއްދަތަކަށް ކޮށްގެންނެވެ. އަދި ކުރީގެ ލިޔުމެއްގައި ފާހަގަކޮށްފައިވާ ފަދައިން ކަމެއް އާދައަކަށްވުމަށްފަހު އެކަމެއް ވާނީ މީހާގެ ސިކުނޑީގެ ނިދާފައިވާ ބައިގައި ރަށްކާކުރެވިފައެވެ.
ވީމާ، މިޕްރޮގްރާމް ފޮހެލަން އުނދަގޫވެއެވެ. އަދި އެޕްރޮގްރާމް ފޮހެލުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެހެންކަމުން އެމީހާގެ ހާލަތު މިވަގުތު ހުރިގޮތް ބިނާވެގެންވަނީ ފައިތުވި ދުވަސްތަކުގައި އާދަހިފާފައިވާ ކަންތައްތަކުގެ މައްޗައްކަން އެއީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ. 

ތިމާހުރީ ރަނގަޅު ބައްޓަމެއްގައިތޯ ނުވަތަ ނޫންތޯ؟ 

ތިމާ ދިރިއުޅުމުގައި ކިހާ ކާމިޔާބު ތޯ ނުވަތަ ނޫންތޯ؟ 

މިފަދައެތައްކަމަކީ ފާއިތުވި ދުވަސްތަކުގައި ތިމާއަށް އާދަވެފައިވާ ކަންކަމުގެ ނަތީޖާއޭ ބުނުމަކީ ދޮގެއްނޫނެވެ. ސަބަބަކީ ތިމާ ބިނާކޮށްފައިވާ އަމިއްލަ ޝަޚްސިއްޔަތަކީ ދިރިއުޅުމުގައި މިއަދާހަމަޔަށް ތިމާ ތަކުރާރުކޮށް ކޮންމެދުވަހަކު ވިސްނާ އެކަންތަކަށް ވަގުތުހޭދަކޮށް އިސްކަންދީފައިވާ ކަންތައްތަކުގެ ސަބަބުން ތިމާއަށް ލިބިފައިވާ ޝަޚްސިއްޔަތެކެވެ. ތިމާގެ ޝަޚްސިއްޔަތު އިތުރަށް ތަރަށްގީކޮށް ކާމިޔާބުތައް ހޯދުމަށް ތިމާ ރަނގަޅު އާދަތަކުގައި ހިފާ، ނޭދެވޭ އާދަތައް ދޫކޮށްލުމަކީ މުހިންމު ކަމެކެވެ. ރަނގަލު ހެޔޮ ދާއިމީ ބަދަލަކީ ތިމާ ކޮންމެ ދުވަހަކު ތަކުރާރުކޮށް ކުރާ ކަންތައްތަކުން އަށަގަންނަ އާދަތަކެވެ. މިކަންތައްތަކުގެ ނަތީޖާއަކީ ވަގުތީ ބަދަލުތަކަށްވުރެ މުޅި އުމުރަށް މީހާއަށް ހިފޭ އާދައަކަށް އެކަންތައްތައް ވެގެންދިއުމެވެ. ފުރަތަމަ ކަމަކަށް ތިމާއަށް ހިފިފައިވާ ނޭދެވޭ އާދަތައް ކަނޑުވާލަން މަސައްކަތް ކުރާށެވެ. މިކަން ކުރުމަށްޓަކައި ރަގަޅު އާދަތަށް ގިނަކުރާށެވެ. ކުރިން ބުނެވުނު ފަދައިން އޭރުން ތިމާއަށް ނޭދެވޭ އާދަތަކަށް ވަގުތު ދެވޭލެއް މަދުވާނެއެވެ. ދެވަނަކަމަކަށް ތަކުރާކުކޮށް ސިކުނޑިއަށް ހަނދާންކޮށްދޭށެވެ. ތިމާ އާދަ އަށަގަންނުވަން ބޭނުން ކަންތައްތަކަކީ ތިމާއެކަން ކުރަންބޭނުންވެގެން ނުވަތަ އަޒުމް ކަނޑައަޅައިގެން ކުރާކަމެއްކަން ސިކުނޑިއަށް ހަނދާންކޮށްދޭށެވެ. އަދި އޭގެ ނަތީޖާ ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑި އަބަދުވެސް ހަނދާންކުރާށެވެ. ފުރަތަމަ ކުޑަކަމަކުން ފަށާށެވެ. މިސާލަކަށް : 

1. އާދަހިފަން ބޭނުންވާ ކަންތައް - ފަތިހު ހޭލުން. 

2. މިކަން އާދަކުރަން ތިމާކުރަންވީ ކޮންކަމެއްތޯ ވިސްނާ ކަނޑައެޅުން – އަވަހަށް ނިދުން. ގަޑި އެލާމް ކުރުމާއެކު ސިކުނޑި މިކަމަށް ތައްޔާރުކުރުން. 

3. އެއާދައިން ލިބޭނެފައިދާ ހަނދާންކުރުން – ދުވަސް ހިންހަމަޖެހުމާއި އުފަލުގައި ފެށުން. މަސައްކަތްތަކަށް ގިނަވަގުތު ލިބުން. ތިމާކުރަން ހުންނަ ގިނަކަންތައްތަކަށް ވަގުތު ލިބުން މިކަންތައްތަކުގެ ސަބަބުން ކާމިޔާބު މީހަކަށް ތިމާވުން. 

ގިނަ ސައިންސްވެރިން އެއްބަސްވާގޮތުގައި އިންސާނާގެ ހަށިގަނޑުގައި އާދައެއް ހަރުލެއްވުމަށް ބޭނުންވާނީ 66 ދުވަހެވެ. ނަމަވެސް އާދަކުރަން އުޅޭކަމުގެ ބާވަތާ މިހާގެ މިޒާޖުވެސް މީހާގައި ބަލަން ޖެހެއެވެ. 66 ދުވަސް ވަންދެން އެކަމެއް ހުއްޓާނުލާނަމަ އެމީހަކަށް އެ އާދަ ހިފިސިކުނޑީގައި މި ޕްރޮގަރާމް ރައްކާކުރެވި ސިކުނޑިގައި ނިދާފައިވައި ބައިގެ އެހީގައި އޮޓޮމެޓިކުން މިކަން ކުރާކަމަށް ސައިންސްވެރިން ބުނެއެވެ. 

ކަން މިހެން އޮތްއިރު މި އާޓިކަލް ނިންމާލުމުގެ ކުރިން ރަގަނޅު އާދަ އަށަގެންނެވުމާއި ބެހޭގޮތުން އިސްލާމްދީނުގައި ދައްކަވާފައިވާ ރީތި ނަމޫނާއާމެދުވެސް ނަޒަރު ހިންގާލުން މުހިންމެވެ. ނަމާދަށް ފަރުވާތެރިވުމަކީ މިކަމުގެ ރީތިމިސާލެކެވެ. އެހެނީ ނަމާދަކީ އެކަމުގައި ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އެތަކެއް ފައިދާތަކެއް ލިބިގެންދާ އަޅުކަމެކެވެ. އަދި ނަމާދު ނާޅާ ވަގުތައް ކަމޭ ހިތައިގެން ނަމާދުކުރާ މީހުންގެ ކިބައިގައި ވަރަށް ފުރިހަމައަށް އެ ރަނގަޅު އާދަ އަށަގަނެފައި ހުންނަކަންވެސް ފާހަގަކޮށްލަމެވެ. 

ކޮމެންޓްސް

ކޮމެންޓް ކުރައްވާ