Wednesday, September 4, 2019

ކުރިއަށް ދިއުމަށްޓަކައި ކޮމްފާޓް ޒޯން ދޫކޮށްލަން ޖެހޭ!

އިންސާނާ ދިރިއުޅުމުގައި އާދަވެގެން ކުރާ ކަންތައްތަކާއި، އާންމުކޮށް ބައްދަލުވާ މީހުންނާ މުޢާމަލާތުކުރުމާއި، ފަރިތަ މާހައުލުތަކަށް
ދިއުން ފަދަ ކަންތައްތަކަކީ އެއްވެސް ހާސްކަމަކާއި މާބޮޑު ފިކުރަކާ ނުލާ ތިމާ ކުރާ ކަންތައްތަކެކެވެ. އެއާޚިލާފަށް ތިމާ ދުވަހަކުވެސް ނުކުރާ ކަމެއް ކުރަން ޖެހިއްޖެނަމަ ބައެއްފަހަރު ކުޑަނަމަވެސް ނުތަނަވަސް ކަމެއް ނުވަތަހާސްކަމެއް ކުރިމަތިކުރުވައެވެ.

ވަގުތާއެކު ދިރިއުޅޭށެވެ

ވަގުތާއެކުގައި ދިރިއުޅެނީ އަހަރުމެންގެ ތެރެއިން ކިތައް މީހުން ބާއެވެ. އެވަގުތަކު ހިނގާ ކަންކަމަށް ސަމާލްކަންދީގެން ދިރިއުޅެނީ މަދުބައެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެއްފަހަރާ ގިނަކަންތައްތަކެއް ކޮށްލުމަކީ މޮޅުކަމެއް ކަމަށް އަހަރުމެންގެ ސިކުނޑިއަށް ވަނީ ވިސްނިފައެވެ. ހާއްސަކޮށް ބައެއް މީހުންނަކީ މިކަމަށް ވަރަށް ފަރިތަ ކުޅަދާނަ ބައެކެވެ.

އާދަ

އާދައަކީ އެކަމެއް ކުރުމަށް ފަރިތަވެ އޮޓޮމެޓިކުން މާބޮޑުމަސައްކަތަކާ ނުލާ ތިމާއެކަންތައް ކުރަން ފެށުމެވެ. ކުރީއްސުރެ އާދަވެފައިވާ ކަމެއް ހުއްޓާލުމަކީ އުނދަގޫކަމަކަށްވާއިރު އަލަށް ކަމެއް އާދަކުރުމަކީވެސް އުނދަގޫކަމެކެވެ. މިއީ ސުވާލެއްއޮތް ކަމެއް ނޫނެވެ. އާދައަކަށް ކަމެއްވެގެންދަނީ އެކަމެއް ތަކުރާރުކޮށް ވަކި މުއްދަތަކަށް ކޮށްގެންނެވެ. އަދި ކުރީގެ ލިޔުމެއްގައި ފާހަގަކޮށްފައިވާ ފަދައިން ކަމެއް އާދައަކަށްވުމަށްފަހު އެކަމެއް ވާނީ މީހާގެ ސިކުނޑީގެ ނިދާފައިވާ ބައިގައި ރަށްކާކުރެވިފައެވެ.

ސިކުނޑި ޕްރޮގްރާމް ކުރުން

އިންސާނުންގެ ސިކުނޑިއަކީ ހައިރާންކުރުވާފަދަ އަޖައިބު މޮޅު ގުނަވަނެކެވެ. އެވަގުތަށް ބޭނުން ނުކުރާ ހުރިހާ މަޢުލޫމާތެއް ހުންނާނީ ފޮރުވާ ސިކުނޑީގެވަކި ބައެއްގައި ރައްކާ ކޮށްފައެވެ. މި ބަޔަށް ކިޔަނީ (ސަބްކޮންޝަސް މައިންޑް) އެވެ. މި އާޓިކަލްގައި ނިސްބަތްކުރާނީ ސިކުނޑީގެ ނިދާފައިވާ ބައިގެ ނަމުންނެވެ. ސިކުނޑީގެ މިބައިގައި ތިމާގެ ހަޔާތުގައި ކުރިން ދިމާވެފައިވާ ކަންކަމާ މަންޒަރުތަށްވެސް ހިމެނޭނެއެވެ. އަދި ބޭނުންޖެހުމުން މި ފޮރުވާފައިހުރި މަޢުލޫމާތުތަށް ބޭނުންކުރެވެއެވެ.

ސިކުނޑީގެ އަޑު - 3 ވަނަ ބައި

މިސާލަކަށް.... ކަނޑު އަހަރުމެނަށް ނޫކުލައިގައި ފެނުނަސް އެ ކަނޑުން ލޮނުނަގާ އެއްޗަކަށް އެޅުމުން އެހުންނަނީ ނުކުލައަކު ނޫނެވެ. އެހެންނަމަވެސް އަހަރުމެންގެ ސިކުނޑި އަހަރުމެނަށް ކަނޑަކީ ނޫކުލައިގެ އެއްޗެއްކަމަށް ޤަބޫލުކުރުވަނީ މިބުނެވުނު ފަދައިން

ސިކުނޑީގެ އަޑު - 2 ވަނަ ބައި

ހަގީގަތުގައި މި އަޑަކީ ކޮންއެއްޗެއްހެއްޔެވެ؟
ގިނަފަހަރަށް އަހަރެމެންނަށް ހީވެފައި އޮންނަނީ މިއަޑަކީ އަހަރެމެންގެ ޙިޔާލުތަކެވެ. އަހަރުމެންގެ ވިސްނުމެވެ. އަހަރުމެންގެ ހަޤީޤީ ޝަހުސިއްޔަތެވެ. މިއީ މުޅިން ގޯސް ހިޔެއްނޫނެވެ. އަހަރެމެންގެ ސިކުނޑި އަހަރެމެންނާ ދައްކާ ވާހަކަތަކަކީ ހަޤީޤަތުގައި އަހަރުމެންގެ އަމިއްލަ އަޑުކަމަށް ހީކުރުމަކީ ގޯހެއް ނޫނެވެ. ނަމަވެސް މިއަޑަކީ ގިނަފަހަރަށް އަހަރުމެންގެ ޙަޔާތުގައި ލިބިފައިވާ ތަޖުރިބާތަކާއި، ފިލާވަޅުތަކުގެ ޢަލީގައި ތިމާގެ ސިކުނޑި ތިމާއަށް ބުނެދޭ ވާހަކަތަކެވެ.

Tuesday, September 3, 2019

ސިކުނޑީގެ އަޑު


އަހަރުމެން އިންސާނުން އަބަދުވެސް އެއްކަމެއް ފުރިހަމަވާއިރަށް އަނެއްކަމެއް ފުރިހަމަ ނުވެގެން ވިސްނަމެވެ. ވިއްސާރަމޫސުމެއް އަތުވެއްޖެނަމަ އަވިނުދީގެން ...... ނުވަތަ ގަދައަށް އަވިދޭ މޫސުމެއްއައިއްސިނަމަ ވިއްސާރަ ނުވެހިގެންނެވެ. ކުޑައިރު އަވަހަށް ބޮޑުވާނީ ކޮންއިރަކުންތޯ ވިސްނާ ބޮޑުވުމުން ކުޑައިރުގެ ހަނދާންތައްކޮށް އެދުވަސްތައް އަލުން ގެންނަށް ބޭނުންވެއެވެ.

Monday, September 2, 2019

ހާލަތު ބަދަލު ނުކުރެވުނަސް ވިސްނުން ބަދަލު ކުރެވިދާނެ

ކޮންމެމީހަކަށްވެސް ދުނިޔެއަށް އައުމާހަމައިން ފެށިގެން މިއަދާހަމައަށް މިއަންނަނީ އެތައްކަމެއް ތަޖުރިބާކުރަމުންނެވެ. އެތައް މަންޒަރެއްކުރަހާ ކުލަޖައްސަމުންނެވެ. އުމުރުން ގިނަދުވަސްވާ ވަރަކަށް މަންޒަރާ ކުލަތައް ގިނަވެއެވެ. އެހެންކަމުން ވިސްނާލާށެވެ... ކޮންމެ ދެމީހެއްގެ ދިރިއުޅުމުގެ މަންޒަރު ތަފާތެވެ. ސީދާ އެއްގޮތަ އެކަކުވެސް ނުހުންނާނެއެވެ. އަހަރުމެންގެ ވިސްނުމުގެ ނިޒާމް ބައްޓަންވެގެން އަންނަނީ މިބުނެވުނު ތަޖުރިބާތަކާއި މަންޒަރުތަކާ ގުޅިގެންނެވެ.